މާލެ: 31°C

ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ޔުނިވާސަލުންވެސް އަންގައިފި

November 14, 2024
2 ފަހަރު ބަލާފައި
ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ޔުނިވާސަލުންވެސް އަންގައިފި
ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ޔުނިވާސަލުންވެސް އަންގައިފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށް، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލުން ސަރުކާރަށް އަންގައިފިއެވެ.

ކުންފުނީގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެކަން އެންގެވީ އެ ކުންފުނިން ރާއްޖޭގައި ހިންގާ 8 ރިސޯޓު ކަމަށްވާ، ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސް ނަމުގައި ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގަ އެވެ.

މަނިކު ވިދާޅުވީ، ޑޮލަރު މާރުކުރަން ޖެހޭ ގަވާއިދު ހަދާފައި އޮތީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި، ރިސޯޓް ހިންގާ މީހުންނަށް އިންސާފުވެރި ގޮތަކަށް ނޫން ކަމަށެވެ.

ފާހަގަކުރައްވާފައިވާ ބައެއް ކަންކަން:

- ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ކަނޑައަޅާފައި ވަނީ ރޫމް ރޭޓާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު އަދި ގެސްޓުން އަންނަނީ ދަރިން ގޮވައިގެންކަން ނުވަތަ ނޫން ކަން ވެސް ނުބަލާކަން.

- ރިސޯޓުތަކުން ކުރާ ހަރަދުގެ 90 ޕަސެންޓަކީ ޑޮލަރުން ކުރާ ހޭދަ ކަމަށް ވާއިރު، އާ ގަވާއިދުގައި އެކަމަށް ބަލާފައި ނެތުން.

- ދުއިސައްތަ ފަންސާސް ޑޮލަރަށް ވިއްކާ ރޫމެއްގައި ހަތަރު ރޭ ތިބޭ ޓޫރިސްޓުންނަށް ލިބޭ 1،000 ޑޮލަރުގެ އާމްދަނީ އަށް ބަލައި 2،000 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ނުހެދޭނެކަން.

ޑޮލަރުގެ މައްސަލައިގައި ނުރަނގަޅު ގޮތަކަށް ވިސްނިފައި އޮންނަ ކަމަށް ބެލެވޭ ކަމަށާއި ޔުނިވާސަލް އަކީ ހުރިހާ ބޭންކް އެކައުންޓްތަކެއް ވެސް ރާއްޖޭގައި އޮޕަރޭޓްކުރާ ކުންފުންޏެއް ކަމަށް ވެސް އެމްޔޫ މަނިކު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ