
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފެހެއްޓުމުގެ އަމުރެއް ނެރެފިި
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފެހެއްޓުމުގެ އަމުރެއް ނެރެފިި
ލިޔުން:
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ.
ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއިހީލަތުން ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ އަގު ބޮޑު މުދާތައް މަމްދޫހުގެ އަތުން ފުލުހުން ހޯދާފައިވެއެވެ.
އޭގެތެރޭގައި ޕެންޓް ހައުސްއެއް ހިމެނެއެވެ. މި ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހިފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ޕީޖީ އޮފީހުން ލަފާކުރެއެވެ.
ކޭޕާކް މައްސަލައިގައި މަންޑޭއާއެކު ދެން ދައުވާ ކުރަނީ، ރ. އަލިފުށި ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
