ރިސޯޓުތަކުން ޑޮޮލަރު މާރުކުރުމާ ބެހޭ ގަވާއިދާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

ރިސޯޓުތަކުން ޑޮޮލަރު މާރުކުރުމާ ބެހޭ ގަވާއިދާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި
ލިޔުން:
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އާ ގަވާއިދާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތައް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބަލައިދިނުމަށް އެދިއްޖެ އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވާ ކުޑޫ ފޮނުއްވި ސިޓީގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް (މަޓީ) އާ ހަވާލާދެމުން ވިދާޅުވީ އާ ޑޮލަރު ގަވާއިދަށް ބަދަލު ގެނައުމުގެ ކުރިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއެކު އެމްއެމްއޭއިން ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅި އެއްވެސް ކަމެއް ބަލައިގެންފައި ނުވާ ކަމަށެވެ.
އެ ސިޓީ ގައި ބުނީ ޑޮލަރު މާރުކުރަން ރަޖިސްޓްރީވުމަށް އެމްއެމްއޭއިން ހުޅުވާލިނަމަވެސް މިދިޔަ މަހުގެ 30 ގެ ނިޔަލަށް ގިނަ ފަރާތްތަކުން ރަޖިސްޓްރީވެފައި ނުވާ ކަމަށެވެ. އަދި އެ ގަވާއިދަށް އަމަލުކުރަން ދަތިވާ ކަމަށް ބުނެ, 50 އަށް ވުރެ ގިނަ ރިސޯޓު އޮފަރޭޓަރުން މިހާތަނަށް އެމްއެމްއޭއަށް ސިޓީ ފޮނުވައިފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެ ފަދަ މައްސަލައެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ހާމަކުރަމުންދާއިރު އެކަމަކީ މަޖިލީހުން ނުބަލާ ދޫކޮށްލާގެންވާނެ ކަމެއް ނޫން ކަމަށް ސިޓީގައިވެ އެވެ.
އެހެންކަމުން އެ ގަވާއިދާ ގުޅިގެން މިހާތަނަށް ކަންހިންގާފައިވާ ގޮތް ސާފުކުރުމަށާއި ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް މަޖިލީހުން ދެނެގަތުމަށްޓަކައި އެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަަފާރިތަކާއި ވިޔަފާރިވެރިންނާ ބައްދަލުކޮށް, އާންމުކޮށް ހުޅުވާލައިގެން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދެއްވުން މެންބަރު އެދިވަޑައިގެންނެވި އެވެ.
އާ ގަވާއިދާ އެކު ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީން ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.
ކެޓަގަރީ އޭ ގެ ޓޫރިސްޓު ވިޔަފާރިއަކަށް އެ އަދަދަށް ފައިސާ ނުލިބޭނަމަ މީރާއަށް ހުށަހެޅުމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގަވާއިދުގައި ބުނާ އަދަށް ވުރެ ދަށް އަދަދެއް އެ ވިޔަފާރިއަކަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
