މާލެ: 31°C

ވޭޕް އެތެރެކުރުމާއި ވިއްކުން މާދަމާއިން ފެށިގެން މަނާ؛ އެއްމަސް ފަހުން ބޭނުންކުރުން ވެސް މަނާ!

November 14, 2024
2 ފަހަރު ބަލާފައި
ވޭޕް އެތެރެކުރުމާއި ވިއްކުން މާދަމާއިން ފެށިގެން މަނާ؛ އެއްމަސް ފަހުން ބޭނުންކުރުން ވެސް މަނާ!
ވޭޕް އެތެރެކުރުމާއި ވިއްކުން މާދަމާއިން ފެށިގެން މަނާ؛ އެއްމަސް ފަހުން ބޭނުންކުރުން ވެސް މަނާ!
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤްކުރެއްވުމާއެކު، މިރެއިން ފެށިގެން ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރިން މަނާވެއްޖެ އެވެ. މި ބިލަކީ 2024 ނޮވެންބަރު 12 ވަނަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ. މި ބިލުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކުރެވިފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި، 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުން، އަދި ދުންފަތުގެ އުފެއްދުންތައް އިޝްތިހާރުކުރުންވެސް މަނާކުރެވިފައިވެ އެވެ. މި ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުމާއި އުފެއްދުންވެސް މަނާކުރެވިފައިވެ އެވެ. އަދި ދުންފަތުގެ ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރުންވެސް މަނާކުރެވިފައިވެ އެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ އަދަދުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފަ އެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާތަކަށް ޢަމަލުކުރަން ފަށާނީ 15 ޑިސެންބަރު 2024 ގައެވެ. އަދި މި ޤާނޫނުގެ ދެން ހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ 15 ނޮވެންބަރު 2024 އިން ފެށިގެން ނެވެ. އެހެންކަމުން މިރެއިން ފެށިގެން ރާއްޖެއަށް ވޭޕްކުރުމަށް ބޭޭނުންކުރާ ތަކެތި އެތެރެކޮށް، ބޭނުންކުރުމަކީ މަނާކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ