އެމްޕީއެލް އާއި އެސްޓީއޯ އަދި ވިޓޯލް ގުޅިގެން މިދިޔަ ސެޕްޓެމްބަރު ފަށާފައިވާ ބަންކަރިންގެ ޙިދުމަތުގެ ތެރެއަށް މީރުފެން ސަޕްލައިކުރުމަށް ހާއްސަކޮށް އުފައްދާފައިވާ ބާޖެއް އިތުރުކޮށްފިއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު އެކަން ހާމަކުރައްވައި އެބޭފުޅާގެ ފޭސްބުކުގައި ބާޖުގެ ފޮޓޯތަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ފުޅާކުރުމަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހު ފައްތާފައިވާ އިންޓަރނޭޝަނަލް އޮފްޝޯ ބަންކަރިންގެ ޚިދުމަތުގައި މީރުފެނެ ސަޕްލައިކުރުމަށް މީގެ ކުރިން ބޭނުންކޮށްފައިވާނީ ކޮޅުވެއްޓިއެއްގައި ކަޅުހަން ބަހައްޓައިގެން ކަމަށާއި ނަމަވެސް އޭގެ 2 މަސްފަހުން މިހާރު މިވަނީ ތިލަފޫށީގައި އެ ކުންފުނީގެ ސައިޓުގައި ފެން ސަޕްލައިކުރުމަށް ހާއްސަ ބާޖެއް ބަނދެފައި ކަމަށާއި ދެން އެ ޙދުމަތް ދޭނީ އެ ބާޖުން ކަމަށެވެ.
ސީއީއޯ ވަޖީހުގެ ފޭސްބްކު ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެ ބާޖަކީ 200 ޓަނުގެ ފެން ރައްކާކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބާޖެއްކަމަށާއި އެބާޖުގެ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި ވަރަށް އަވަހަށް ބާޖުގައި ފެން ޕްލާނެޓެއް ހަރުކޮށް އެބާޖުގައި ފެން އުފައްދަން ފަށާނެ ކަމަށެވެ.