ސްރީ ލަންކާ ބިޒްނަސް ކައުންސިލް އޮފް މޯލްޑިވްސް އިފުތިތާހުކޮށްފި

ސްރީ ލަންކާ ބިޒްނަސް ކައުންސިލް އޮފް މޯލްޑިވްސް އިފުތިތާހުކޮށްފި
ލިޔުން:
ސްރީ ލަންކާ ބިޒްނަސް ކައުންސިލް އޮފް މޯލްޑިވްސް (އެސްއެލްބީސީއެމް) އިފުތިތާހުކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކައުންސިލް އިފުތިތާހުކޮށް ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދޔު ސައީދު އެވެ.
ސްރީ ލަންކާ ބިޒްނަސް ކައުންސިލް އޮފް މޯލްޑިވްސް މަގުސަދަކީ ވިޔަފާރި އާއި އިގުތިސާދީ ގުޅުންތައް ދެ ގައުމުގެ ދެމެދުގައި ބަދަހިކޮށް، ވިޔަފާރިއަށް މަގުފަހިކޮށްދީ، ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެދޭ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރުން ކަމަށާއި، އަދި އެ ކައުންސިލް އަކީ ރާއްޖެ އާއި ލަންކާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިމަގުގައި އިގުތިޞާދީ ގުޅުން އިތުރަށް ފުޅާކޮށް ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރ ސައީދު ފާހަގަކުރެއްވިގޮތުގައި އެ ކައުންސިލް އިފްތިތާހު ކުރެވިގެން މި ދިޔައީ އެކަމަށް ވަރަށް މުނާސަބު ވަގުތެއްގައި ކަމަށާއި އެ ކައުންސިލްގެ ސަބަބުން ވިޔާފާރިތަކަށް ވަރަށްބޮޑެތި ފައިދާތަކެއް ލިބި އލަށް ދެގަުމުގެ ދެމެދު ވިޔާފާރި ކުރައްވަން ގަސްދުކުރާ ފަރާތްތަކަށްވެސް ވަރަށްބޮޑު ޔަގީންކަމަކާއި އިތުބާރު އެ ކައުންސިލްގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރ ސައީދު އިތުރަށް ފާހަގަކުރެއްވީ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ތެރެއަށް ޒަމާނީ އިގްތިސާދީ ގުޅުންތައްވެސް އެމުނެމުން އަންނަންޖެހޭ ކަމަށާއި އެ ކައުންސިލަކީ އެކަމަށްޓަކައި އޮތް ބުރިޖަކަށްވާނެކަމަށެވެ. އެގޮތުން ސްރީލަންކާގައި އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ލަންކާގެ ފަރާތަކަށް ވަރަށްމުހިއްމު ކައުންސިލަކަށް އެކައުންސިލް ވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
