އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާ ދިޔައީ ކޮންބައެއްގެ އެކައުންޓްތަކަށްތޯ އެ ފައިސާ ދިޔައީ. މި ކަންކަން ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީއިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ސައިޑު ވިދާޅުވީ ކޮވިޑާ ބެހޭ ބޮޑު އޮޑިޓެއް ހަދަން ތައްޔާރުވަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން މިކަމުގައި ވެފައިވަނީ ކިހާ ވަރެއްގެ ހިޔާނަތްތަކެއްކަން އެނގިގެންދާނެ ކަމަށާއި، ރައީސް ޑރ. މުހައްމަދު ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެ ކަމަށާއި ނަމަވެސް ގާނޫނީ ވެރިކަމެއް ކުރާނަމަ ދައުލަތުން ވައްކަން ކޮށްފިނަމަ އެކަން ބެލެންޖެހޭނެ ކަމަށާއި، މިއަދު ދައުލަތުގެ މުވައްސަސާސާތަކުގެ ތެރޭގައި ހުރިހާ ކަމެއް ބެލޭނެ ޖާގަ ވެސް އެބައޮތް ކަމަށެވެ.
ކޮވިޑާ ބެހޭ ބޮޑު އޮޑިޓެއް ހަދަން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ

ކޮވިޑާ ބެހޭ ބޮޑު އޮޑިޓެއް ހަދަން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ
ލިޔުން:
ކޮވިޑާ ބެހޭ ބޮޑު އޮޑިޓެއް ހަދަން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މިނިސްޓަރ ސައީދު ވިދާޅުވީ ކޮވިޑް އެކިގޮތްގޮތުން 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ލިބިފައިވާކަމަށާއި އޭރުގެ ސަރުކާރުން ހަދާފައިވާ އެކްސްޕެންޑިޗާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރި ހަރަދު ކަމަށް ފެންނަން އޮތީ 4.2 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އަނެއް 4 ބިލިއަން ރުފިޔާ އަށް ވީގޮތެއް ފެންނަން ނެތްކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
