މާލެ: 31°C

ސްޕޯޓްސްކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާ އުފުލައިފި

November 13, 2024
2 ފަހަރު ބަލާފައި
ސްޕޯޓްސްކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާ އުފުލައިފި
ސްޕޯޓްސްކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާ އުފުލައިފި
މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށްފި އެވެ. އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ)ގެ މައްޗަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ވިސާމުގެ މައްޗަށް ދައުވާކުރީ މިދިޔަ މަހުހެ 31 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގައި ޕީޖީން ވިސާމުގެ މައްޗަށް ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ކަނޑައެޅޭނެ  އަދަބަކީ ހަ އަހަރަށް ޖަލަށް ލުން ކަމަށް ވެސް ބުނެފައި ވެއެވެ، ވިސާމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުން ވިސާމް އަކީ ކާރު ދުއްވުމުގެ ލައިސެންސްވެސް ނެތް މީހެކެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ