މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު 47 މީހަކު ފަރުވާގެ ނިޒާމުގެ ތެރެއަށް

މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު 47 މީހަކު ފަރުވާގެ ނިޒާމުގެ ތެރެއަށް
ލިޔުން:
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާއަށް ގެންގޮސްފިއެވެ.
ވަކި މުއްދަތެއް ނެތި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން މި އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ.
"މަގުމަތީގަ ފަރުވާއަށް ނުގޮސް ހުކުމް ތަންފީޒު ނުވެ ހުރުމުގެ ފުރުސަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ 200 އަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ހާލަތްތަކުގައި ތިބި މީހުން ތިބޭނެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަށް ހުކުމްކޮށްފަ ތިބި މީހުންވެސް އެބަތިބި. ބޮޑަށް މި ފޯކަސް ކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް ނުވަދެ ތިބި މީހުން ހަމަ މަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން،" އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވިއެވެ.
އެކްޓިން ސީއީއޯ ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފަ ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އެންގިފައިވާ މީހުން ކަމަށެވެ.
މި އޮޕަރޭޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމް ކުރެވި ފަރުވާ ތަންފީޒު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާން ޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާދިނުން." އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވިއެވެ.
ފަރުވާ ފޯރުކޮށްދިނުމަކީ މަސްތުވާތަކެތި ފަރުވާ ދިނުމުގަ ވަރަށް މުހިންމު އަސާސެއް ކަމަށް ލުބްނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ލުބްނާ ވިދާޅުވީ އެންޑީއޭގެ ޓްރީޓްމެންޓް ހަރުދަނާކުރާއިރު ރިލެޕްސް ޕްރިވެންޝަން އަދި ރީއިންޓެގްރޭޝަން، އާފްޓާކެއާގެ އިތުރުން ޑްރަގް ޕްރިވެންޝަން މަސައްކަތްތައް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
