މާލެ: 31°C

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ބިލެއް ހުށަހަޅައިފި

November 13, 2024
2 ފަހަރު ބަލާފައި
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ބިލެއް ހުށަހަޅައިފި
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ބިލެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލް ތައާރަފްކޮށްދެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މީޑިއާ ކައުންސިލް އަދި ބްރޯޑް ކާސްޓިން ކޮމިޝަން އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށެވެ. އޭގެތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބާކީ 3 މެންބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ނަމަވެސް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރުވެސް ލިބިދެނީ ރައީސުލްޖުމްހުރިއްޔާ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި, ތަރައްގީކޮށް, ދެމެހެއްޓުމަކީ އެ ގާނޫނުގެ މަގުސަދެކެވެ. ބިލުގައި ބުނެފައިވަނީ ކޮމިޝަން އެކުލަވާލާ މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ