
މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކޮށް، ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކޮށް، ކޮމިޓީ ސިއްރުކޮށްފި
ލިޔުން:
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި ބައްދަލުވުން ކޮމިޓީން ސިއްރުކޮށްފި އެވެ.
މިހާރު ކުރިއަށްދާ އެ ކޮމިޓީ ބައްދަލުވުމުގައި، މިއަދު ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ އެމްއެމްސީ އާއި ބައްދަލުކޮށް، އެ ކައުންސިލާއި ގުޅިގެން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ސުވާލުކުރުމާއި ކޮމިޓީގައި ހުރި އެހެން މަސައްކަތްތަކެވެ.
ކޮމިޓީ ބައްދަލުވުން ފެށުމާއެކު، މިއަދުގެ އެޖެންޑާގައި ހުރި މައްސަލަތަކަކީ މަސްލަހަތަށް ފުށޫއަރާކަހަލަ ކަންކަން ކަމަށް ބުނެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ބައްދަލުވުން ސިއްރުކުރަން ހުށަހެޅި އެވެ. އެ ހުށަހެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ތާއީދު ކުރެއްވި އެވެ.
ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފާސްވީ، ބައިވެރިވި މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ ވޯޓުންނެވެ. ސިއްރުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
