އިންޑިއާ އެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކު ތަކުގައި އިންވެސްޓް ކޮށްފި: އެމްއެމްއޭ

އިންޑިއާ އެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކު ތަކުގައި އިންވެސްޓް ކޮށްފި: އެމްއެމްއޭ
ލިޔުން:
އިންޑިއާގެ ރިޒާވް ބޭންކާ އެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކު ތަކުގައި އިންވެސްޓް ކޮށްފި: އެމްއެމްއޭ
އެމްއެމްއޭ އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރިޒާވް ހުރީ 371.2 މިލިއަން ޑޮލަރުގަ އެވެނަމަވެސް މިދިޔަ އޮކްޓޯބަރު މަސް ނިމުނުއިރު ރިޒާވް ހުރީ 615 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ރަސްމީ ރިޒާވް މަތި ވެފައިވާ ސަބަބަކީ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް އަމަލުކުރަން ފެށުމެވެ. އެގޮތުން އޭގެ ތެރެއިން ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭ އިން ހާމަކޮސްފައިވާ ގޮތުގައި އެކަމުގެ ސަބަބުން އިންވެސްޓްމަންޓުން ލިބޭ ނަފާ ބޮޑުވެފައި، މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް އެކަމުގެ ސަބަބުން ފައިދާ ވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
