މާލެ: 31°C

ދަރަނި ހުރީ ފަސްކޮށްދީފައި، ޕްރޮޖެކްޓެއް ނުހިންގާ، 49 ބިލިއަނަށް ވީގޮތް ސަރުކާރުން ބުނެދޭންޖެހޭނެ: ރައީސް ސޯލިހް

November 13, 2024
2 ފަހަރު ބަލާފައި
ދަރަނި ހުރީ ފަސްކޮށްދީފައި، ޕްރޮޖެކްޓެއް ނުހިންގާ، 49 ބިލިއަނަށް ވީގޮތް ސަރުކާރުން ބުނެދޭންޖެހޭނެ: ރައީސް ސޯލިހް
ދަރަނި ހުރީ ފަސްކޮށްދީފައި، ޕްރޮޖެކްޓެއް ނުހިންގާ، 49 ބިލިއަނަށް ވީގޮތް ސަރުކާރުން ބުނެދޭންޖެހޭނެ: ރައީސް ސޯލިހް
އިންޑިއާއާއި ޗައިނާގެ ދަރަނި ދެއްކުން އޮތީ ފަސްކޮށްދީފައިކަމަށާއި، ޕްރޮޖެކްޓެއްވެސް ނުހިންގާ ކަމަށާއި، 49 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީގޮތް ސަރުކާރުން ބުނެދޭންޖެހޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެ. ރޭ އިދިކޮޅު އެމްޑީޕީން އާޓިފިޝަލް ބީޗްގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައި ފަހުން 1 އަހަރުވާން ދާއިރު ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށާއި، މިހިނގާ 2024 ވަނަ އަހަރުގެ ބަޖެޓް 49.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ އޭރު އިންތިހާބުވެފައި އޮތް ސަރުކާރުގެ ސަރުކާރުގެ ވެރިންނާ އެއްތަނެއްގައި ތިބެގެން އެ ބޭފުޅުން ބޭނުންވާ ގޮތަށް ފާސްކުރި ބަޖެޓެއް ކަމަށާއި، 1 އަހަރަށް ފާސްކުރި ބަޖެޓް 8 މަސްތެރޭގައި ހުސްކޮށްލައިފި ކަމަށާއި، އަދި އިތުރު 5 ބިލިއަން ރުފިޔާވެސް މަޖިލިސްއަށް ގޮސްގެން ހޯދައިފި ކަމަށެވެ. ނަމަވެސް މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކުރި ގޮތުގެ ތަފްސީލު ދިނުމަށް އެދުމުން އެ ބަޖެޓުން 30 ބިލިއަން ރުފިޔާގެ ޙަރަދުގެ ތަފްސީލު ދިނުމަށް މި ސަރުކާރުގެ ބޭފުޅުންނަށް ކެރިވަޑައިނުގެންނެވި ކަމަށެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރި އެއްވެސް ކަމެއް ފެންނަން ނެތްކަމަށާއި އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަސްރޫޢުއެއް ހިނގާތަން ނުފެންނަ ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒު ވެލެއްވި ބޮޑެތި ވައުދުތަށް ވިދާޅުވެދެއްވައި ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރެއިން އެއްވެސް އައު މަސްރޫޢުއެއް ފަށާފައިވާތަން ނުފެންނަ ކަމަށާއި އަދި ބަޖެޓް ހުސްވިއިރުގައި ދައްކަން ހުރި ލޯނުގެ ތެރެއިން ދެއްކި އެއްވެސް ލޯނެއް ނެތްކަމަށާއި އެގޮތުން އިންޑިއާއަށް ދައްކަން އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދީފައިވާ ކަމަށާއި އޭގެ އިތުރުން ޗައިނާއަށް ދައްކަންއޮތް 75 މިލިއަންޑޮލަރުވެސް ދެއްކުން ޗައިނާއިން ފަސްކޮސްދީފައިވާ ކަމަށާއި އެހެންކަމުން ބަޖެޓްކުރި 49 ބިލިއަން ރުފިޔާ ހުސްކުރި ގޮތެއް ބުނެދޭންޖެހޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ