
މާލީ އެހީ ދިނުމުގައި މޫސުމަށް އަންނަ ނޭދޭވޭ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް އިސްކަންދެއްވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ޑރ.މުއިއްޒު އެދިވަޑައިގެންފި
މާލީ އެހީ ދިނުމުގައި މޫސުމަށް އަންނަ ނޭދޭވޭ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް އިސްކަންދެއްވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ޑރ.މުއިއްޒު އެދިވަޑައިގެންފި
ލިޔުން:
މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ކަނޑައަޅާފައިވާ މާލީ އެހީ ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތަކަށް އިސްކަންދެއްވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިން ރައީސުލް ޖުމްހޫރިއްޔާ ޑރ،މުއިއްޒު އެދިވަޑައިގެންފިއެވެ.
ކޮޕް-29 ސަމިޓްގައި ރައީސް ޑރ.މުއިއްޒު ކުރެއްވި ތަގުރީރުގައި މޫސުމަށް އަންނަ ބަދަލުތަކާ، ދުނިޔޭގެ އެހެނިހެން ކަންކަމަށް ކުރާ ޚަރަދުތަކުގައި ހުރި ތަފާތުތައް ފާހަގަކުރައްވައި، ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ޙަޤީޤީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ކްލައިމެޓް ފައިނޭންސިންގްގެ އައު ލަނޑުދަނޑިއެއް ކަނޑައެޅުން މުހިންމު ކަމަށާއި، އެ ދާއިރާއިން އެހީ ބޭނުން ވަނީ ބިލިއަނުން ނޫން ކަމަށާއި، އެހީބޭނުންވަނީ ޓްރިލިއަނުން ކަމަށެވެ.
އެ ގޮތުން އެމަނިކުފާނުގެ ތަގުރީރުގައި ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި، ގެއްލުންތަކާއި ހިރާސްތަކަށް ޙައްލު ހޯދައިދިނުމަށް ދޭ ބައިނަލްއަޤްވާމީ މާލީ އެހީގެ ވަޢުދުތައް އިތުރުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)އަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވާ ޤައުމެއްކަމުގައި ވިދާޅުވެފައެވެ.
އޭގެ އިތުރުން، އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ކްލައިމެޓް ފައިނޭންސްގެ އެންމެ ފަހުގެ އޮނިގަނޑުގައި، މިހާރު ބޭނުންވެފައިވާ ކަންކަމަށާއި، މުސްތަޤްބަލުގެ ވިލުންވެރިކަމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އަދި، މޫސުމާ ގުޅުން ހުރި ކަންކަމުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ހަކަތައިގެ އާ ސިޔާސަތާއި، ކާބޯތަކެތީގެ ކަށަވަރުކަމާއި، ބޯހިޔާވަހިކަމުގެ ފަހި މަސައްކަތްތަކާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖެއިން ކުރިއަށްގެންދަވާ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2040 ވަނަ އަހަރު އަންނައިރު މޫސުމީ ބަދަލުތަކަށް ވިލުންވެރި ރާއްޖެއެއް ބިނާ ކުރުމަށްޓަކައި، 20 އަހަރު ދުވަހުގެ ތަޞައްވުރެއްގެ ދެލިކޮޕީ، ދާދި އަވަހަށް އެކުލަވާލައި ހާމަކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
