
ހަނގުރާމައިގެ ބަދަލުގައި ހަރަދުކުރަންވީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް: ރައީސް
ހަނގުރާމައިގެ ބަދަލުގައި ހަރަދުކުރަންވީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް: ރައީސް
ލިޔުން:
ހަނގުރާމަތަކަށް ޙަރަދުކުރުމުގެ ބަދަލުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތަށް ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ކޮޕް ސަމިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ 35 އަހަރު ކުރިން ބޭއްވި ސްމޯލް އައިލެންޑް ސްޓޭޓްސް ކޮންފަރެންސާއި ހަމައިން ފެށިގެން ރާއްޖެއިން ދަނީ ތިމާވެށީގެ މައްސަލަތަކުގައި އަޑު އުފުލަމުންކަމަށެވެ. އަދި މިއަދުވެސް އެކަން އޮތީ އެގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށައިގެންވާ ތިމާވެއްޓަކީ ހަމައެކަނި ވަސީލަތްތަކެއް ނޫންކަމަށާއި، އެއީ އަޅުގަނޑުމެންގެ ސާގާފަތުގެ ރަމްޒެއްކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމީ ބަދަލުތަކަށް ވިލުންވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު އެމަނިކުފާނު ހާމަކުރައްވާފައިވާކަމަށާއި، ގޮންޖެހުންތަކާއެކު ނަމަވެސް އެ އަމާޒަަށް ވާސިލުވުމުގައި ކާމިޔާބީތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން އެނަރޖީ ޕޮލިސީ އެންޑް ރޯޑްމެޕް އިފްތިތާހުކުރެވިފައިވާކަމަށާއި އަދި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށާއި، އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ތިމާވެއްޓާއި ރަށްޓެހި މަޝްރޫޢުތަކެއް ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ޕޯޓްގެ ހިދުމަތްތައް ފުޅާކޮށް، ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްޤީކޮށް، އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޑިވެލެޕްމަންޓް ބޭންކެއް ޤާއިމްކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
