މާލެ: 31°C

ލަމްހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް ދަނީ

November 12, 2024
2 ފަހަރު ބަލާފައި
ލަމްހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް ދަނީ
ލަމްހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް ދަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާ އަނެއްކާވެސް ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން އަނެއްކާވެސް ނިންމައިފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

ލަމްހާ ދޫކޮށްލަން އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ވަނިކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ލަމްހާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ އަހަރު ވެސް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލި އެވެ. އޭރު ހައި ކޯޓުން ނިންމީ ލަމްހާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އެންގި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ