މާލެ: 31°C

މުއްސަނދިންނަށް 65 އަހަރުގެ އިނާޔަތް ދިނުން ހުއްޓާލަނީ

November 12, 2024
2 ފަހަރު ބަލާފައި
މުއްސަނދިންނަށް 65 އަހަރުގެ އިނާޔަތް ދިނުން ހުއްޓާލަނީ
މުއްސަނދިންނަށް 65 އަހަރުގެ އިނާޔަތް ދިނުން ހުއްޓާލަނީ
އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މަހުން މަހަށް ސަރުކާރުން ދެމުންދާ ޕެންޝަން އިނާޔާތް މާލީ ފޯރުންތެރިކަންހުރި މީހުންނަށް ނުލިބޭގޮތަށް އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ހަމަޖައްސައިފި އެވެ. ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ، މުއައްސަސާތަކުން ދެމުންދާ ޕެންޝަން އިނާޔަތްތަކުގައި ހުރި ފަރަގުތައް ނައްތާލާ، އެއްހަމަ އުސޫލެއްގެ ދަށުން އެ އިނާޔަތްތައް ދިނުމަށެވެ. އަދި އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ އަސާސީ ޕެންޝަން އެ ފަރާތްތަކުގެ ފޯރުންތެރިކަމަށް ބަލައި، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދިނުމަށެވެ. އަސާސީ ޕެންޝަން ނިޒާމަށް ގެނެވުނު ބަދަލާއެކު ސަރުކާރުން ހުށަހަޅާފައިވަނީ، އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ "ޔުނިވާސަލް ބޭސިކް ޕެންޝަން" އަކީ "ޓާގެޓެޑް" ޕެންޝަންގެ އިނާޔަތަކަށް ހެދުމަށެވެ. އެ ރިޕޯޓްގައި ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުން، އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ޕެންޝަނުގެ އިނާޔަތަށް ކުރާ ހަރަދުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓިގެން ދާނެއެވެ. އެ ބަދަލަކީ، ހައްގުވެރިންނަށް ލިބޭ ޕެންޝަންގެ އިނާޔަތަށް އުނިކަމެއް ނުގެނެސް، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މަސައްކަތްތެރީންގެ މެދުގައި އެއްހަމަ ގޮތެއްގައި ކުރިއަށް އޮތް ތަނުގައި ތަންފީޒު ކުރެވިގެންދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ. އަސާސީ ޕެންޝަން އިނާޔާތުގެ ގޮތުގައި މިހާރު މަހުން މަހަށް ދެމުންދަނީ އުމުރުން 65 އަހަރު ވެފައިވާ އެންމެންނަށް 5،000 ރުފިޔާ އެވެ. އަދި ރިޓަޔާމެންޓް ބެނެފިޓްގެ ގޮތުގައި ދައުލަތުގެ މުވައްސަސާތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އަންނަނީ ޕެންޝަން އިނާޔާތް ދެމުންނެވެ. ބަޖެޓް ޕޮޒިޝަން ރިޕޯޓްގައި ފިނޭންސް މިނިސްޓްރީއިން ބަޔާންކޮށްފައިވާ ގޮތުން، "އާލީ ރިޓަޔާމެންޓް" އަށް މުވައްސަސާތަކުން ދޭ ފުރުސަތުގެ ސަބަބުން މުވައްޒަފުން އަވަހަށް ރިޓަޔާވުމަށް ހިތްވަރުލިބި، ދިގު މުއްދަތަކަށް މަހުންމަހަށް ދައުލަތުން ދޭ އިނާޔަތަށް ކުރަންޖެހޭ ހޭދަ ވަނީ ބޮޑުވެފަ އެވެ. އަދި މިހާރު އޮތް ނިޒާމުގެ ސަބަބުން ރިޓަޔާ ވުމަށްފަހު، އެހެން މުވައްސަސާއެއްގައި މަސައްކަތްކުރަން ފަށައި، ރިޓަޔާމެންޓް އިނާޔަތުގެ އިތުރުން މުސާރަ ވެސް ދަނީީ ނަގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ