މާލެ: 31°C

ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިއަން ޑޮލަރަށް އަރާނެ

November 12, 2024
2 ފަހަރު ބަލާފައި
ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިއަން ޑޮލަރަށް އަރާނެ
ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިއަން ޑޮލަރަށް އަރާނެ
ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް އަންނަ އަހަރަށް ލަފާކުރާ އުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ބަޖެޓާއި ގުޅޭގޮތުން ނެރެފައިވާ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައެވެ. ދައުލަތުގެ މާލީ ހާލަތު ދަށްވެ ރަސްމީ ރިޒާވް މިސަރުކާރު ހަވާލުވިއިރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން ރަސްމީ ރިޒާވުގައި މިދިޔަ އަހަރު ނިމުނުއިރު ހުރީ 590.5 މިލިޔަ ޑޮލަރެވެ. މިއީ މި ވޭތުވެ ދިޔަ ފަސް އަހަރުތެރޭވެސް ރަސްމީ ރިޒާވް އަހަރު ނިމުނުއިރު އެންމެ ދަށްވި ފަހަރެވެ. ނަމަވެސް މިއަހަރުގެ މިހާރު ރަސްމީ ރިޒާވުގައި ހުންނާނެ ކަމަށް ލަފާކުރަނީ، 653.6 މިލިޔަން ޑޮލަރެވެ. މިއަހަރަށް ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދިން ފަންނީ ލަފާގައި ވިދާޅުވީ، ބޭރުގެ ފަރާތްތަކުން މިއަހަރު ހޯދުމަށް ލަފާކުރި މާލީ އެހީ ހޯދުމަށް ސަރުކާރަށް ދަތިތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ހީނަރުވެފައިވާކަމަށެވެ. އެހެންކަމުން ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި އަދި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވި، ކުރު މުއްދަތުގައި މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާތީ ޖުމްލަ ރިޒާވް ހިފެހެއްޓުމަށް ފަހިވެފައިވާކަންވެސް އެމްއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ