މާލެ: 31°C

ވޭޕް މަނާކުރާ ބިލް ފާސްކޮށްފި

November 12, 2024
2 ފަހަރު ބަލާފައި
ވޭޕް މަނާކުރާ ބިލް ފާސްކޮށްފި
ވޭޕް މަނާކުރާ ބިލް ފާސްކޮށްފި
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އެ ބިލު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ 8 މެންބަރަކު ހިމެނެ އެވެ. އެ ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށްޓަކަ އެވެ. އެ އިސްލާހުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 21 އަހަރުގެ ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށް ހިމަނާފައިވެ އެވެ. އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ 50,000ރ ޖޫރިމަނާކޮށް, ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެތަކެތި ވިއްކުން މަނާވާއިރު އެކަމާ ހިލާފުވެއްޖެނަމަ 20,000ރ ޖޫރިމަނާކޮށް, ކޮންމެ އާލާތަކަށް 10,000ރ ގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ހިލޭ ބަހައިފިނަމަ 10,000ރ އަދި ބޭނުންކުރާ މީހުން 5000ރ އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވިއްކާ ހިލޭ ބަހާފައިވަނީ ކުޑަކުއްޖަކަށްނަމަ އިސްލާހުގައި ބުނެފައިވަނީ އިތުރަށް 50,000ރ ޖޫރިމަނާ ކުރާނެ ކަމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށް އަމަލުކުރަން ފަށާނީ ޑިސެންބަރު 15 އަދި އެ ބިލްގައި ހިމެނޭ އެހެން އިސްލާހުތަކަށް އަމަލުކުރާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ