
60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުން އަތުން އާސަންދައަށް ލާރި ނަގަނީ
60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުން އަތުން އާސަންދައަށް ލާރި ނަގަނީ
ލިޔުން:
އާސަންދަ ނިޒާމަށް ކުރަމުން އަންނަ ހޭދަ ކުޑަކުރުމުގެ ގޮތުން އެންމެ މުއްސަނދި މީހުންގެ އަތުން އަންނަ އަހަރުން ފެށިގެން ވަކި އަދަދެއް އެ ނިޒާމަށް ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.
ސަބްސިޑީ އާއި އެހެނިހެން އެހީތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ދައުލަތުން ކުރަމުން ދަނީ އާސަންދަ ނިޒާމަށެވެ. ވުމާ އެކު ނިޒާމު ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެގޮތުން އަންނަ އަހަރުގެ އެޕްރީލު މަހުން ފެށިގެން މައިގަނޑު ދެ ބަދަލެއް ގެނައުމަށް ނިންމައި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުން މި ބަދަލުތަކާ އެކު އާސަންދައަށް ކުރަމުން އަންނަ ހަރަދުގެ ތެރެއިން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ކުޑަކުރެވޭނެ އެވެ.
ބަޖެޓު ތަފްސީލު ރިޕޯޓުގައި ވަނީ މަހަކު 60،000 ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން ވަކި އަދަދެއް ނަގަން ހިމަނާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެގޮތަށް "ކޮންޓްރިބިއުޝަން" އާއެކު، އާސަންދަ ނިޒާމު ހަރުދަނާ ކުރެވޭނެ ކަމަށާއި އެންމެ ފަގީރު ހާލުގައި އުޅެމުންދާ މީހުންނަށް މާލީ ބުރައަކާ ނުލާ ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
