
ލަމްހާ ބަންދުން ދޫކޮށްލައިފި
ލަމްހާ ބަންދުން ދޫކޮށްލައިފި
ލިޔުން:
އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރިއިރު، މިމައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށެވެ. ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.
މީގެކުރިން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައިވެސް ލަމްހާ ބަންދު ދޫކޮށްލާފައިވެ އެވެ. އެހެންނަމަވެސް އަލުން ބަންދު ކުރުމަށް ހައިކޯޓުން ޑިސެމްބަރުގައި ނިންމުމުން އޭގެފަހުން އޭނާ ހުރީ ބަންދުގަ އެވެ.
ފިލިޕިންސަށް ނިސްބަތްވާ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
