މާލެ: 31°C

ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮޮމިޓީއަށް

November 12, 2024
2 ފަހަރު ބަލާފައި
ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮޮމިޓީއަށް
ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮޮމިޓީއަށް
ތިން ކޮމިޝަނެއްގެ ވެރިންނާއި ބައެެއް މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ. ވަކި ކުރަން ހުށަހަޅާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސާއި މެންބަރަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސާއި ދެ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އެވެ.

ވަކި ކުރަން ހުށަހެޅި ބޭފުޅުން:

  • އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް
  • އޭސީސީގެ މެންބަރު ތޯހާ މުހައްމަދު
  • އީސީގެ ނައިބު ރައީސް އަލީ ނަޝާތު
  • އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު
  • އީސީގެ މެންބަރު މުހައްމަދު އާސިފް
  • ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް
މި މައްސަލަތައް މަޖިލީހުގެ މިއަދު ޖަލްސާއަށް ފޮނުވާފައިވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން ބުނެފައިވަނީ މި މެންބަރުންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށް ފަހު މި މައްސަލަތަށް ދިރާސާ ކުރުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ