މިއީ ބީރު ސަރުކާރެއް ކަންކަން އަޑު އިވެނީ ވަރަށް ބާރަށް ބުނެގެން: ފައްޔާޒު އިސްމާއިލް

މިއީ ބީރު ސަރުކާރެއް ކަންކަން އަޑު އިވެނީ ވަރަށް ބާރަށް ބުނެގެން: ފައްޔާޒު އިސްމާއިލް
ލިޔުން:
މި ސަރުކާރަކީ ވަރަށްބީރު ސަރުކާރެއްކަމަށާއި ކަންކަން އަޑުއިވެނީ ވަރަށް ބާރަށް ބުނެގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ދަނޑިކޮށި ޖަގަހާގައި އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ތަންމިނަށް ފުރުސަތު ދީގެން ތިބެވިއްޖެ ކަމަށާއި، ނަމަވެސް ގައުމުގެ އިގްތިސާދާއި މުޅި ގައުމު މިހާރު ފުނޑިފައިވާ ކަމަށެވެ. އަދި މިއީ ބީރު ސަރުކާރެއް ކަމަށާއި ކަންކަން އަޑު އިވެނީ ވަރަށް ބާރަށް ބުނެގެން ކަމަށެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވަނީ މި ސަރުކާރުން ވޯޓް އޮޅުވާލުމުގެ ނިޒާމު އަނބުރާ ގެންނަން މަސައްކަތްކުރާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެކަން ރައީސް ޑރ.މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެން ފައްޔާޒު ވަނީ އިސްކަންދޭ ތަރުތީބުން ވޯޓުދޭ ސިސްޓަމްގެ ތެރެއިން ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން އުޅުމަކީ ނުބައި ސިގްނަލެއް ކަމަށާއި އޭގެ ބޭނުމަކީ ވެރިކަމުގައި އޮވެ، ވޯޓު ފޮށިތައް އަނެއްކާވެސް އޮޅުވާލާނެ ނިޒާމަށް އަނބުރާ ދިޔުން ކަމަށެވެ.
އިތުރަށް ފައަޔާޒު ވިދާޅުވީ އެކަންކަމަށް ފުރުސަތުދީގެން ތިބެން ހެޔޮނުވާނެ ކަމަށާއި އެކަންކަމާ ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. ފައްޔާޒު އެހެން ވިދާޅުވެފައިވާއިރު އެ ޕާޓީން މިރޭ އާޓިފިޝަލް ބީޗުގައިވަނީ "ފުދިއްޖެ،ފުނޑިއްޖެ" ގެ ނަމުގައި އެއްވުމެއް ބާއްވަން ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
