
މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭނެ ބާރު މަޖިލިސް އަށް އޮންނަންޖެހޭ: މަޖިލިސް ރައީސް އަބްދުއްރަހީމް
މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭނެ ބާރު މަޖިލިސް އަށް އޮންނަންޖެހޭ: މަޖިލިސް ރައީސް އަބްދުއްރަހީމް
ލިޔުން:
މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭނެ ބާރު މަޖިލިސް އަށް އޮންނަންޖެހޭ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށެވެ. އެގޮތުން ގައުމުގެ ހުރިހާ ރައްޔިތުން އިންތިހާބު ކުރާ ގައުމުގެ އެންމެ މަތީ ވެރިޔާ މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިސް އަށް ލިބިދީފައިވާއިރު އެއަށްވުރެ ކުޑަ އާބާދީއަކުން ހޮވާފައި ހުންނަ މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީސް އަށް ލިބިދޭން ޖެހޭނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާއިރު އެކަންކަން ފުރިހަމަވެގެންދާނެ ކަމަށާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
