
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި
ލިޔުން:
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ހަވާސާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖެއަށް މިވަގުތަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުންނާއި، ސަޢުދީ ފަންޑުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން. ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ރާއްޖޭގައި މިވަގުތު ސައުދީ ފަންޑުގެ އެހީގައި ހިންގަމުން އަންނަ ބޮޑެތި މަސްރޫޢު ތަކުގެ ތެރޭގައި ހިމެނޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކާއި، މަސްވެރިކަމާބެހޭ ސިނާޢަތުގައި ކުރިއަށްދާ އެކި މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެ
ރައީސް އޮފީހުން ބުނެފައިވަނީ އެ މަޝްރޫޢުތަކުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިކަމަށާއި އެގޮތުން ސަޢުދީ ޑިވެލޮޕްމަންޓް ފަންޑުގެ ސީއީއޯ ވަނީ ރާއްޖެ އަށް އެއްބާރުލުން ދިނުންމަތީ ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވާފައިކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
