
ކަނޑުމަގުން ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ރާއްޖެ އެތެެރެކުރި ކޮންޓޭނަރަކުން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 3.280 ކިލޯ ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަތުލައިގަތީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަަމެއް ފުލުހުން ނުބުނެ އެވެ. އަދި އެއީ ކޮން ކުންފުންޏަކުން އެތެރެކުރި ކޮންޓެއިނަރެއް ކަމަށް ވެސް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
