އަރަބި-އިސްލާމީ ސަމިޓުގައިގައި ރައީސް ތަގުރީރު ކުރައްވައިފި

އަރަބި-އިސްލާމީ ސަމިޓުގައިގައި ރައީސް ތަގުރީރު ކުރައްވައިފި
ލިޔުން:
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި ކުރިއަށްދާ ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ތަޤުރީރުކުރައްވައިފިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ފަލަސްތީނުގެ މައްސަލާގައި ނަތީޖާ ނެރުމަށް ސައުދީގެ ލީޑަރޝިޕްގެ ދަށުން އިސްލާމީ އުއްމަތުން ގުޅިގެން މަސައްކަތްކުރަންޖެކަމަށް ގޮވާލެއްވިއެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، މަޝްވަރާކުރުމަށް ބާއްވާ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަަނަ އަޅާފައިވާ ރަހުމުކުޑަ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ވޭނުގެ ވާހަކައަކީ އިއްޔެ ނުވަތަ މިއަދު ދައްކާ ވާހަކައެއް ނޫންކަމަށާއި، މިއީ އެތައް އަހަރެއްހާ ވެފައިވާ މައްސަލައެއްކަަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ބައި ލައްކައަށްވުރެ ގިނަ ރައްޔިތުން މަރާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާތާ އެތައް އަހަރެއްވީއިރުވެސް އެ މައްސަލައަށް ހައްލެއް ނުލިބޭކަމަށާއި، އަދި ބާރުވެރި ފަރާތްތަކަށް އެކަމާއި އަޅާލާ މަންޒަރުވެސް ނުފެންނަކަމަށެވެ. އަދި ބާރުވެރި ފަރާތްތަކުން ފަލަސްތީނުގެ މައްސަލާގައި ހަމަހިމޭނުން އޮތުމުން، ނުވަތަ ފިޔަވަޅެއް ނާޅާ އޮތުމުން އެކަމުގެ ފައިދާ ނަގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިސްރާއީލުން އިތުރަށް ވަރުގަދަކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
