މާލެ: 31°C

ގާނޫނުު އަސާސީއަށް މުހިއްމު ތިން ބަދަލެއް ގެންނަވަން ރައްޔިތުންގެ ޚިޔާލަށް

November 11, 2024
2 ފަހަރު ބަލާފައި
ގާނޫނުު އަސާސީއަށް މުހިއްމު ތިން ބަދަލެއް ގެންނަވަން ރައްޔިތުންގެ ޚިޔާލަށް
ގާނޫނުު އަސާސީއަށް މުހިއްމު ތިން ބަދަލެއް ގެންނަވަން ރައްޔިތުންގެ ޚިޔާލަށް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ, ފުރަތަމަ ބުރާއެއްކޮށް މަޖިލިސް އިންތިހާބު ބާއްވަން ރައްޔިތުންގެ ވޯޓަކަށްދާން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ޖެހިގެން ޖުމްހޫރީ ދުވަސް ވެސް ހަފުތާއެއް ކައްސާލާފައިވާ ކަމަށާއި މިހާރު ރައީސްއަކު ހުވާކުރަން ޖެހެނީ ނޮވެންބަރު 17 ގައި ކަމަށެވެ. އެހެންނަމަވެސް ގާނޫނު އޮންނަ ގޮތުން އެކަމަކީ ރައީސް ނުވަތަ މެންބަރުން އަމިއްލަފުޅަށް ނިންމޭނެ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ދައުރު ނިމޭ ދުވަސް 11 ނޮވެންބަރު 2028 އަށް ބަަދަލުކުރަން ރައޔިތުން ރުހޭނަމަ ބަދަލުކުރާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންނަމަ ގާނޫނަށް ގެންނަ ބަދަލެއް ގެނެސްގެން އެގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދޭތެރޭގައި ހޭދަވަނީ ދެތިން މަސް ދުވަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކީ ކުރިއަށް ގެންދިއުން ކަމަށެވެ. އެކަމަށްވެސް ފެންނަ ނުފެންނަ ވޯޓަކަށް މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ގާތު އަހާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު އެއްބުރުން ރައީސަކު ހޮވޭ ގޮތަށް ޕްރިފެރެންޝިއަލް ވޯޓިން ނިޒާމް ތައާރަފްކުރުމަށް އެޓާނީ ޖެނެރަލާ ހަވާލުކުރައްވައިގެން އެކަމުގެ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ރުހޭ ނަމަ, ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ވަނަ ބުރު އުވާލާ, ފުރަތަމަ ބުރުން މީހަކު ހޮވާ ގޮތަށް ކަނޑައަޅުއްވާނެ ކަމަށެވެ. "ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް އެއްބުރުން މީހަކު ހޮވާ ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން. އަޅުގަނޑު ހިތުން ހަރަދުވެސް ކުޑަ ވާނެ މާ ބޮޑަށްވެސް އެގޮތަށް އެކަން ކުރީމާ. އެކަމަށްވެސް އަޅުގަނޑު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހަން ޖެހޭ ކަމަށް ވަންޏާ އަހަން ގަސްތު ކުރާ  ވާހަކަ އިއުލާނުކޮށްލަން މިއަދު" ރައީސް ވިދާޅުވީ އެކަން ކުރައްވާނީ ދިރާސާ ކުރުމަށްފަހު އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާނަމަ ކަމަށެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މިހާތަނަށް 40 ބިލެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ދައުރާއި ދެން އަންނަ ދައުރަށް ވަރަށް މުހިއްމު ބިލުތަކެއް މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ