މާލެ: 31°C

އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާ ބާއްވަނީ

November 11, 2024
2 ފަހަރު ބަލާފައި
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާ ބާއްވަނީ
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާ ބާއްވަނީ
"ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން އިއުލާނުކޮށްފި އެވެ. މިދިޔަ އޮގަސްޓު މަހު އެމްޑީޕީގެ ގައުމީ މަޖިލިހުން ވަނީ ސީދާ ހަރަކާތަށް ނިކުންނަން ގަރާރެއް ފާސްކޮށްފަ އެވެ. ސަރުކާރުން ނިޒާމުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތައް ކަމުނުދާ ކަމަށާއި އެއްވެސް އިންސާފެއް ނެތި ވަޒީފާއިން މީހުން ވަކިކުރަމުންދާ ކަމަށާއި ބޯހިޔާވަހިކަމާއި އަދި ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ވަނީ އަޑުއުފުލާފަ އެވެ. އެމްޑީޕީގެ ރަސްމީ "އެކްސް" އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ކަމަށެވެ. އެ ޕާޓީން ވަނީ ޖަލްސާގައި ބައިވެރިވުމަށް ރައްޔިތުންނަށް ދައުވަތު ދީފަ އެވެ. މިއީ މިފަހުން އެމްޑީޕީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ އެވެ. އެހެންނަމަވެސް ޖަލްސާގެ އެޖެންޑާ އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕާޓީގެ ޖަލްސާތައް އާންމުކޮށް ބާއްވަމުން ދަނީ ދަނޑިކޮށި ހަރުގޭގަ އެވެ. ލާމަރުކަޒީ ނިޒާމަށް އަސަރުކުރާ ގޮތަށް އަދި މިނިވަން މުއައްސަސާތަކަށް ރައީސްގެ ބާރު ފޯރުވޭހެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އެއްވެ މިފަހުން ވަނީ މުޒާހަރާކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ