މާލެ: 31°C

2025: އާރްޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލާނެ

November 11, 2024
2 ފަހަރު ބަލާފައި
2025: އާރްޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލާނެ
2025: އާރްޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލާނެ
2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރައްވާ ނިންމަވާނެކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި އިގްތިސާދީ ބޭނުން ހިފޭ، ދެމެހެއްޓެނިވި ވިސްނުމުގެ ނަޒަރިއްޔާއިން އަންނަނިވި ޒަމާންތަކުގައިވެސް ފައިދާ ލިބެނިވި އެއަރޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. ‎ތާރީޚު ދުށް ސިނާޢީ އިންޤިލާބަށް ބެލިކަމުގައި ވީ ނަމަވެސް ގައުމުތައް ކުރިއަރާފައިވަނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފަ އެވެ. އެއްގަމު ދަތުރުފަތުރުގެ އެންމެ ކާރުބާރު ބޮޑު ސަރަޙައްދަކީ މާލޭ ސިޓީކަން ފާހަގަކުރައްވާ، މި މައްސަލައަށް ޙައްލު ހޯއްދެއްވުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދިރާސާތައް ފަށާފައިވާއިރު، 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. ‎2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބްރިޖު އެޅުމުގެ ރޮނގުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އައްޑު އަތޮޅުގެ ބްރިޖްގެ ވައުދު ފުއްދަވާނެ ކަމަށާއި މާލެ-ވިލިމާލެ-ގުޅިފަޅު ބްރިޖްގެ މަސައްކަތް އަވަސްކުރުމުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ