
އިހަވަންދޫ ވިމެނެސް ކޮމިއުނިޓީއާއި އިހަވަންދޫ މުވައްސަސާތައް ގުޅިގެން ލޭޑީސް މެންޓަލް ރިލީފް ގެދަރިން އެއް ބާއްވައިފި
އިހަވަންދޫ ވިމެނެސް ކޮމިއުނިޓީއާއި އިހަވަންދޫ މުވައްސަސާތައް ގުޅިގެން ލޭޑީސް މެންޓަލް ރިލީފް ގެދަރިން އެއް ބާއްވައިފި
ލިޔުން:
އިހަވަންދޫ ވިމެނެސް ކޮމިއުނިޓީއާއި އިހަވަންދޫ ކައުންސިލް ގުޅިގެން އަންހެން ކަނބަލުންގެ ނަފުސާނީ ދެޅަހެއޮކަން އިތުރުކުރުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ހޭލުންތެރިކަން އިތުރުމަށްޓަކައި ބާއްވަމުން އަންނަ ޚަރަކާތްތަކުގެ ތެރެއިން ލޭޑީސް މެންޓަލް ރިލީފް ގެދަރިން ކާމިޔާބުކަމާއެކީ ނިންމައިފިއެވެ.
ދެ ޖިންސުގެ ބެލެނިވެރިންނަށް ހުޅުމާލައިގެން އިހަވަންދޫ ގައި ނޮވްނެބަރ 9 އިން 11 އަށް ބާއްވަމުން އަން ޚަރަކާތްތަކުގެ ތެރެއިން ބެއްވި ލޭޑީސް މެންޓަލް ރިލީފް ގެދަރިން އާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ވިމެނެސް ކޮމިއުނީޓީ ގެ ރައީސާ ޝާއިރާ ވިދާޅުވީ އެ އިވެންޓަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވާކަމަށާއި، އެގޮތުން އިވެންޓް ތަކުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި، ބައިވެރިވުމަށް ނަންނޯޓް ކުރި އަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެ އިވެންޓްގައި ބައިވެރިވެފައިވާކަމަށެވެ. އަދި އެ ގެދަރިންގައި މައުލޫމާތު ދެއްވާފައިވަނީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ މޫމިނާ ސަލީމް ކަމަށްވެސް ޝާއިރާ ވިދާޅުވިއެވެ.
ޝާއިރާ ވިދާޅުވީ ފިކުރީ ތަފާތުވުންތަކާ އެކުވެސް މުޖުތަމައުގެ ފަރުދުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮންނަ ކަމަށާއި އެގޮތުން އިހަވަންދޫ އިން ފުރިހަމަ މިސާލެއް ފެނިފައިވާކަމަށާއި އަދި ރަށުގައި ޚަރަކާތްތެރިވާ ކުލަބު ޖަމްއިއްޔާ ތަކާއި މުވައްސަސާތަކުގެ ވެރިންގެ ފަރާތުން އެ ޚަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އެގޮތުން ނިވެމްބަރ ޝާއިރާ ވިދާޅުވީ އެ ޖަމިއްޔާއިން ބާއްވަމުން އަން ޚަރަކާތްތަކުގެ ތެރެއިން ޕޭރެންޓިންގ ޝެޝަން ތައް މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއާއި އިހަވަންދޫގެ މުވައްސަސާތަކާއި ކުލަބް ޖަމްއިއްޔާތައް ބައިވެރިވެގެން ކުރިއަށް ގެންދާ ޚަރަކާތް ތަކުގައި އެ އަތޮޅު މާރަންދޫ އިންވެސް ބެލެނިވެރިން ދަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
