މާލެ: 31°C

މީހުން ދިރިއުޅޭ ރަށުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު

November 11, 2024
2 ފަހަރު ބަލާފައި
މީހުން ދިރިއުޅޭ ރަށުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު
މީހުން ދިރިއުޅޭ ރަށުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ދަރުބާރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގައި 186 ރަށުގައި މީހުން އާބާދުވެ ދިރިނޫޅެވޭނެ ކަމަށާއި، ސަރަހައްދީ ތަރައްގީ އެއްފަސްކޮށް، މީހުން އުޅޭ ރަށްތަކުގެ އަދަދު މަދުކުރަން ޖެހެނީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކަށްވާތީ ކަމަށެވެ.

އަޅުގަނޑުމެންގެ ގައުމަކީ ވަރަށް ނާޒުކު ގައުމެއް. ނާޒުކޭ މި ދަންނަވަނީ ތިމާވެށީގެ ގޮތުން ނާޒުކު ވާހަކަ. ސަރަހައްދީ ތަރައްގީ ބޭނުންވަނީ އެހެންވެ. 200 ރަށުގައި 186 ރަށުގައި އަޅުގަނޑުމެންނަށް ނޫޅެވޭނެ. މި ފެކްޓު ގަބޫލުކުރަން އެބަޖެހޭ. މޫސުމީ ބަދަލަކީ ހަގީގަތެއް.

ރޭގެ ޖަލްސާސާގައި ރައީސް ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެ އަށް އެކަށީގެންވާ މިންވަރަކަށް މަދު ކުރަންޖެހޭ ކަމަށައި، ނަމަވެސް އެވާހަކަ ދައްކާއިރަށް އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަަމަށް ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެމަނުކުފަނު ވިދާޅުވީ 100 މީހުން ތިބޭ ރަށުގައި ވެސް 5 ކައުންސިލަރުން އެބަ ތިއްބަވާ ކަމަށާއި، ބައެއް ކައުސްިލަރުން ކުރާ ކަމަކީ މަހައްދިއުން ކަމަށެވެ. އެހެންކަމުން އާބަދީ މަދު ރަށްރަށުގައި ކައުންސިލްތަކުގައި ތިބޭ މެންބަރުން އަދަދު މަދުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ