އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި، ފެންނާންހުރި ލިޔެކިޔުންތަކާއެކުގައި، އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކީގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފަރައީސް ޑރ.މުއިއްޒު އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދާދަިފަހުން އިނގިރޭސިވިލާތުން ޗާގޮސް މޮރިޝަސް އާއި ޚަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމާގުޅިގެން ތާރީހީގޮތުންވެސް ރާއްޖެއާ ޗާގޯސްއާއި ގުޅުމެއް އޮތީމައި އެކަންކަން ވެސް އެ ސިޓީގައި ބަޔާންކޮސްފައިވާނެލކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން މިހާރުވަނީ ބައިކޮށްފައެވެ.
ކަނޑުގެ ސަރަޚައްދު ބައި ކުރުމާގުލޭގޮތުން އެމައްސަލާގައި އޭރުގެ ސަރުކާރުން ބުނެފައިވަނީ ބައިނަލް އަގުވާމީ ކަނޑާބެހޭ ގާނޫނާ އެއްގޮތަށް އެ ކަނޑު ބައިކުރިނަމަ ރާއްޖެއަށް ލިބޭނެ ބަޔަށްވުރެ ބޮޑުބައެއް މިހާރު ލިބިފައިވާކަމަށެވެ. ނަމަވެސް އޭރު އިދިކޮޅުގައި ތިވި ފަރާތްތަކުން ބުނަމުން ގެންދެވީ ސިއްރު ޑީލެއްގެ ދަށުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ ކަމަށާއި ވެރިކަމަށް އައިސް އެބައި ހޯއްދަވާނެ ކަމަށެވެ.







