އާންމުންގެ ނުރުހުމާއި ނަފްރަތު އަމާޒުވުުމުން ބޮޑީ ބިލްޑިން އެސޯސިއޭޝަނުން މައާފަށް އެދިއްޖެ

އާންމުންގެ ނުރުހުމާއި ނަފްރަތު އަމާޒުވުުމުން ބޮޑީ ބިލްޑިން އެސޯސިއޭޝަނުން މައާފަށް އެދިއްޖެ
ލިޔުން:
އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ހިލާފު މަންޒަރުތަކެއް ފެނިގެން ބޮޑީބިލްޑިން މުބާރާތަށް އާއްމު ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢާފަށް އެދިއްޖެއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢާފަށް އެދިފައި މިވަނީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އައްޑޫ ސިޓީގައި ބޭއްވި ބޮޑީބިލްޑިން މުބާރާތަކާއި ގުޅިގެން އާއްމު ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާއްމުންގެ ނުރުހުން އަމާޒުވި ބޮޑީބިލްޑިން މުބާރާތް ބާއްވާފައި ވަނީ އާއްމު ދިރިނޫޅޭ ސަރަހައްދެއްގައި ކަމަށާއި، އަދި އެއީ ރިސޯޓެއް ހިންގުމަށް ހުއްދަ ދީފައިވާ ރަށެއްކަމަށެވެ.
ނަމަވެސް އެ މުބާރާތާއި ގުޅިގެން އާއްމުން ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ފަރާތުން މައާފަށް އެދޭކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސް ބަޔާނުގައިވެއެވެ. އަދި މުސްތަޤްބަލްގައި މިފަދަ ކަމެއް ތަކުރާރުނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މިމަހުގެ 5 އިން 11 އަށް އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބަރަހަނާ މަންޒަރުތަކެއް ފެނިގެން ދިއުމުން ސޯޝަލް މީޑިއާގައި ގިން ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެކަމާ ހިތްހަމަނުޖެހި ވަޑައިގެން އެއީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ސީދާ އެމުބާރާތުގެ ނަން ނުޖަހައި ވިިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި ގައުމުގެ އިޖުތިމާއީ ކަރާމަތު ނަގަހައްޓާ އިސްލާމީ ސަގާފަތު ރައްކާތެރި ކުރަން ޖެހޭކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޢަލީ ރަމީޒު އޭނާގެ ފޭސްބުކުގައި ބުނެފައި ވަނީ ބޮޑީ ބިލްޑިންގެ ނަމުގައި ދެޖިންސް ބައިވެރިކޮށްގެން އައްޑޫގައި މިހާރު ހިނގަމުން ބޮޑު މުންކަރާތެއް ކަމަށާއި އެކަން ވަގުތުން ހުއްޓުވައި، އެކަން ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ.
މަޝްހޫރު ޒަމްޒަމް ފާރިސް ބުނެފައި ވަނީ ކޮންމެ ވެރިކަމެއް އޮތަސް، ގޯސްކޮށް ކުރާ ކަމެއް ފާހަގަކުރުމަކީ އިލްމުވެރިން ކުރަން ޖެހޭނެ ކަމަށާއި އައްޑޫގެ ބޮޑީ ބިލްޑިން މުބާރާތަކީ ރާއްޖޭގައި ބޭއްވިގެންވާނެ މުބާރާތެއް ނޫންކަމަށެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާތީ އިލްމުވެރިންނާއި ސަރުކާރުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު، ބަރަހަނާ ހާލު، އައްޑޫގައި ދެޖިންސްގެ ބޮޑީީ ބިލްޑަރުން ބައިވެރިވެގެން ކުރިއަށް ގެންދާ މުބާރާތް ނުހުއްޓުވުމުގެ އިތުރުން ސަރުކާރުން އެކަން ކުށްވެރިކޮށްފައި ނުވާތީ ގިނަ ބަޔަކު ސީޝަލް މީޑިއާގައި ދަނީ ފާޑުކިއަމުންނެވެ.
ގުރުއާނުގެ ބަރަކާތުން ފެށުމަށްފަހު ދެން އޮތީ މިއުޒިކުގެ ހަމައަށް ބޮޑީ ބިލްޑިންގެ ހަރަކާތްތައް ދެއްކުމެވެ. ފިރިހެން ބޮޑީ ބިލްޑަރުން ތިބެނީ ލަފުވެރި ގުނަވަން ކިރިޔާ ފޮރުވޭ ވަރުގެ ކުރު ޖަންގިޔާ ލައިގެންނެވެ. އަންހެން ބޮޑީ ބިލްޑަރުން ތިބެނީ ކުރު ޖަންގިޔަލާއި ކުޑަ ބުރާއެއް އަޅައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
