
ދެޖިންސަށް ޚާއްސަ ބޮޑީ ބިލްޑިން މުބާރާތަށް ނުރުހުމާއި ފާޑުކިއުން
ދެޖިންސަށް ޚާއްސަ ބޮޑީ ބިލްޑިން މުބާރާތަށް ނުރުހުމާއި ފާޑުކިއުން
ލިޔުން:
ދެ ޖިންސްއަށް ޚާއްސަކޮށްހެމް އައްޑު އަތޮޅުގައި މިހާރު ކުރިއަށްދާ ބޮޑީބިލްޑިންގ މުބާރާތަށް ރުހުމާއި ފާޑުކިއުން އަމާޒުވެއްޖެއެވެ.
މިމަހުގެ 5 އިން 11 އަށް އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބަރަހަނާ މަންޒަރުތަކެއް ފެނިގެން ދިއުމުން ސޯޝަލް މީޑިއާގައި ގިން ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެކަމާ ހިތްހަމަނުޖެހި ވަޑައިގެން އެއީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ސީދާ އެމުބާރާތުގެ ނަން ނުޖަހައި ވިިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި ގައުމުގެ އިޖުތިމާއީ ކަރާމަތު ނަގަހައްޓާ އިސްލާމީ ސަގާފަތު ރައްކާތެރި ކުރަން ޖެހޭކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޢަލީ ރަމީޒު އޭނާގެ ފޭސްބުކުގައި ބުނެފައި ވަނީ ބޮޑީ ބިލްޑިންގެ ނަމުގައި ދެޖިންސް ބައިވެރިކޮށްގެން އައްޑޫގައި މިހާރު ހިނގަމުން ބޮޑު މުންކަރާތެއް ކަމަށާއި އެކަން ވަގުތުން ހުއްޓުވައި، އެކަން ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ.
މަޝްހޫރު ޒަމްޒަމް ފާރިސް ބުނެފައި ވަނީ ކޮންމެ ވެރިކަމެއް އޮތަސް، ގޯސްކޮށް ކުރާ ކަމެއް ފާހަގަކުރުމަކީ އިލްމުވެރިން ކުރަން ޖެހޭނެ ކަމަށާއި އައްޑޫގެ ބޮޑީ ބިލްޑިން މުބާރާތަކީ ރާއްޖޭގައި ބޭއްވިގެންވާނެ މުބާރާތެއް ނޫންކަމަށެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާތީ އިލްމުވެރިންނާއި ސަރުކާރުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު، ބަރަހަނާ ހާލު، އައްޑޫގައި ދެޖިންސްގެ ބޮޑީީ ބިލްޑަރުން ބައިވެރިވެގެން ކުރިއަށް ގެންދާ މުބާރާތް ނުހުއްޓުވުމުގެ އިތުރުން ސަރުކާރުން އެކަން ކުށްވެރިކޮށްފައި ނުވާތީ ގިނަ ބަޔަކު ސީޝަލް މީޑިއާގައި ދަނީ ފާޑުކިއަމުންނެވެ.
ގުރުއާނުގެ ބަރަކާތުން ފެށުމަށްފަހު ދެން އޮތީ މިއުޒިކުގެ ހަމައަށް ބޮޑީ ބިލްޑިންގެ ހަރަކާތްތައް ދެއްކުމެވެ. ފިރިހެން ބޮޑީ ބިލްޑަރުން ތިބެނީ ލަފުވެރި ގުނަވަން ކިރިޔާ ފޮރުވޭ ވަރުގެ ކުރު ޖަންގިޔާ ލައިގެންނެވެ. އަންހެން ބޮޑީ ބިލްޑަރުން ތިބެނީ ކުރު ޖަންގިޔަލާއި ކުޑަ ބުރާއެއް އަޅައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
