މާލެ: 31°C

"އޮޅު ހިޔާ" އަށް ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

November 10, 2024
2 ފަހަރު ބަލާފައި
"އޮޅު ހިޔާ" އަށް ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
"އޮޅު ހިޔާ" އަށް ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
'އޮޅު ހިޔާ' މަރުކަޒަށް ބޭނުންވާ ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ. ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ވަނީ އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަން، މީޓިންގް ރޫމްއިން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އަގު ހުށަހެޅުން ކުރިއަށްދާނީ މި މަހުގެ 20 ވަން ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ސިޓީ ކައުންސިލުން ބުނީ އެ ގަޑިތަކަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށެވެ. އެ ބީލަމުގައި އަގު ހުށަހަޅަން ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ދިވެގި ޕާޓްނާޝިޕް, ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމްކުރި ބުޅާ ފެސިލިޓީ, އޮޅު ހިޔާ ހުޅުވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހެވެ. "އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެ މަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތައް ތަންފީޒުކުރުން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ