
މެރިން ރިސާޗް އިންސްޓްޓިއުޓުން ހިންގި މެރިންކަލްޗާ ކޯހުގެ 2 ވަނަ ބެޗް ކޯސް ފުރިހަމަ ކޮށްފި
މެރިން ރިސާޗް އިންސްޓްޓިއުޓުން ހިންގި މެރިންކަލްޗާ ކޯހުގެ 2 ވަނަ ބެޗް ކޯސް ފުރިހަމަ ކޮށްފި
ލިޔުން:
ވޯލްޑް ބޭންކުގެ ޓްރާންފޯމް ޕްރޮޖެކްޓާއި ފިޝަރީޒް މިނިސްޓަރީ އާއި ގުޅިގެން މެރިން ރިސާޗް އިންސްޓްޓިއުޓުން ހިންގި މެރިންކަލްޗާ ކޯހުގެ 2 ވަނަ ބެޗް ގެ ބައިވެރިންނަށް ކޯސް ފުރިހަމަ ކުރިކަމުގެ ސަރޓިފިކެޓް ދިނުމަށް ޓަކައި ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މެރިން ރިސާޗް ފެސިލީޓީއެއްގެ ގޮތުގައި ހިންގަމުން އަންނަ މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސް ވަނީ 14 ފަރާތަކުން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރި އެވެ.
ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ފިޝަރީޒް މިނިސްޓްރީ އާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ އެ ކޯސް ތަކުގެ މަގުސަދަކީ ރާއްޖޭގައި މެރިކަލްޗަ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމެވެ. އެގޮތުން އެކުއަކަލްޗަރ އާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އެ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރާނެ ގޮތް ދަސްކޮށްދިނުމާއި، މެރިންކަލްޗަ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭ ގޮތުން އެކޯހުގައި ވަނީ ދަސްކޮށްދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
