ފުރަތަމަ އަހަރުތެރޭ އެއްމެ ގިނަ ކާޔާބީ ހޯދި ވެރިއަކީ ޑރ.މުއިއްޒު: އާދަމް ޝަރީފް

ފުރަތަމަ އަހަރުތެރޭ އެއްމެ ގިނަ ކާޔާބީ ހޯދި ވެރިއަކީ ޑރ.މުއިއްޒު: އާދަމް ޝަރީފް
ލިޔުން:
ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެއްމެ ގިނަ ކާމިޔާބީ ހޯދި ވެރިއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް ދައުރުގެ ފުރަތަމަ އަހަރުގެ މާބޮޑު ކާމިޔާބީތަކެއް ހޯދިފައި ނެތް ކަމަށާއި ނަމަވެސް ރައީސް މި ސަރުކާރުން ފުރަތަމަ އަހަރެއްގެ ތެރޭގައި އެހެން އެއްވެސް ރައީސަކަށް ކާމިޔާބު ނުކުރެވޭ މިންވަރަށް ކަންކަން ހާސިލުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ އާދަމް ޝަރީފުގެ ވާހަކަފުޅުގައި ވިދާޅުވީ މިސަރުކާރާ ރައީސް ޑރ.މުޙައްމަދު މުއިއްޒު ޚަވާލުވިއިރު ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި އެކަމުގެ ސަބަބުން ވަރަށްގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް އަންނަ އަހަރު އެ ގޮންޖެހުންތަކުން އަރައިގަނެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ގިނަ ވައުދުފުޅުތަކަކީ އަތްލެވޭ ފަދަ ތަރައްގީ ނޫންކަމަށާއި ގިނައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުބިނާކުރުމާ ގުޅުންހުރި ވައުދުތައް ކަމަށެވެ. އެގޮތުން އިންޑިއާސިފައިން ގައުމުން މިހާރު ބޭލިފައިވާކަމަށާއި، އަދި މުޖުތަމައުތެރޭގައި ހުރި ބޮޑެތިމައްސަލަތައް ހައްލުކޮށްދީ މީހުން ބިނާކުރުމުގެ ގިނަ ކަންތައްތަކެއް މިހާރު ސަރުކާރުން ކޮށްފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
