މާލެ: 31°C

ލ. ހުޅިމެންދޫގައި ފަސްތަރީގެ ޓްރެނިން ރިސޯޓެއް

November 9, 2024
2 ފަހަރު ބަލާފައި
ލ. ހުޅިމެންދޫގައި ފަސްތަރީގެ ޓްރެނިން ރިސޯޓެއް
ލ. ހުޅިމެންދޫގައި ފަސްތަރީގެ ޓްރެނިން ރިސޯޓެއް
ލ. ހުޅިމެންދޫގައި ފަސް ތަރީގެ ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިޔާސިޓީ (އެމްއެންޔޫ) އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އެ ފުރުސަތު ފަހިކޮށްދީފައިވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަކީ އެންމެ މަގްބޫލު ސަރަހައްދުގެ ގޮތުގައި އޮންނަން ބޭނުން ވާތީ ކަމަށެވެ. އަދި އެ މަސައްކަތުގެ އަމާޒަކީ މިހާރަށްވުރެ ފަތުރުވެރިކަން ހަރުދަނާކުރުން ކަމަށް ވެސް ވިދާޅުވި އެވެ. އިތުރަށް ފައިސަލް ވިދާޅުވީ، އެ ޓްރޭނިންގް ރިސޯޓް ހުޅުވިގެން ދިއުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތައުލީމް އުނގެނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެއީ އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ. އެ މަޝްރޫއުއާއި ގުޅިގެން ޝެހެނާޒް ވިދާޅުވީ، މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ