
އައްޑޫގައި ދަންޖެހުނު ކަމަށް ބުނާ ކުއްޖާއާ ބެހޭ ގޮތުން ހަސަން ކުރުސީ ފަތުރަނީ ދޮގު ވާހަކަތަކެއް: ޕޮލިސް
އައްޑޫގައި ދަންޖެހުނު ކަމަށް ބުނާ ކުއްޖާއާ ބެހޭ ގޮތުން ހަސަން ކުރުސީ ފަތުރަނީ ދޮގު ވާހަކަތަކެއް: ޕޮލިސް
ލިޔުން:
އައްޑޫ ސިޓީ ހަންކެޑެއާއި ގައުކެނޑި ގުޅޭ ކޯޒްވޭގައި ދަންޖެހިފައި ހުއްޓާ މިއަދު ހެނދުނު ފެނުނު ޒުވާނާއާ ގުޅުވައިގެން އެކްސްގައި ކާކުކަން ނޭންގޭ ގޮތަށް ހިންގަމުންދާ ހަސަން ކުރުސީ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ މައުލޫމާތަކީ ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އުމުރުން 19 އަހަރުގެ އަހްމަދު އަޔާން ފިކުރީއެވެ.
ކުރުސީގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އައްޑޫގައި ދަންޖެހިފައި ހުއްޓާ ފެނުނު މީހާ އަކީ 2020 ވަނަ އަހަރު ހިނގި މާރާމާރީ މައްސަލައެއްގައި ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅި ހެއްކެކެވެ. އަދި އޭނާގެ ވަނަވަރު އެ ރަށު ގޭންގަކަށް ލީކުކޮށްލީ ގާޒީއެއްކަމަށްވެސް ބުނެފައިވެ އެވެ.
އަޔާން އަމިއްލައަށް މަރުނުވީ ނޫންކަމަށާއި ބަޔަކު އެނާ ދަންޖެއްސީކަމަށް ކުރުސީ ބުނެފައިވެއެވެ. އެގޮތުން އޭނާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ "މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ. އެގޮތުން ނިޔާވެފައިވާ މީހަކީ އެއްވެސް މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް އޮތް މީހެއްވެސް ނޫން ކަމަށެވެ.
"ނިޔާވެފައިވާ މީހަކާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން،" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
