މާލެ: 31°C

ރަހީނުކުރި މީހުންނަށް ބަންދު ޖަހައިފި

November 9, 2024
2 ފަހަރު ބަލާފައި
ރަހީނުކުރި މީހުންނަށް ބަންދު ޖަހައިފި
ރަހީނުކުރި މީހުންނަށް ބަންދު ޖަހައިފި

ބުރާސްފަތި ދުވަހުގެ ރޭ މީހަކު ރަހީނު ކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން ތަހުގީގަށް ބަންދުގެ މުއްދަތު ކޯޓުން ދީފި އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ފަސް މީހުން ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިއެވެ. ބާކީ ހަތް މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވެއެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ގަދަބާރުން ވަދެގަތް އިރު، އެތަނުގެ ތެރޭގައި ތައްޔާރުވަމުން ދިޔައީ 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކުރާށެވެ.

އެއީ ޑްރަގްގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ އެޕާޓްމަންޓެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ