މާލެ: 31°C

އޭސީޕީ އާސިފް ސަންޕެންޑްކޮށްފި

November 9, 2024
2 ފަހަރު ބަލާފައި
އޭސީޕީ އާސިފް ސަންޕެންޑްކޮށްފި
އޭސީޕީ އާސިފް ސަންޕެންޑްކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އާސިފް ސަސްޕެންޑުކުރީ އިއްޔެއިން ފެށިގެންނެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން ދާތީ އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ މުވައްޒަފުންނަށް އެންގި އެންގުމެއްގައި ކަރެކްޝަންގެ އެއްވެސް އިމާރާތަކަށް އާސިފް ވަނުން މަނާކޮށްފައިވާކަން އަންގާފައިވެ އެވެ.

އާސިފްގެ މައްޗަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓްތަކަށް ޖަމާކުރުމުގެ ތުހުމަތެވެ. މި ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވަނީ ކަރެކްޝަންގެ މުވައްޒަފުންނެވެ.

ޕްރިޒަންސް ކުލަބުގެ ރައީސްކަން ކުރައްވާ އާސިފްގެ ހިޔާނާތުގެ މައްސަލަ ފެންމަތިކޮށް މުވައްޒަފުން ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭނާއާ މެދު ފިޔަވަޅު އެޅުން ލަސްވެ މުވައްޒަފުން މިފަހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ