
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި މީހާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި މީހާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި
ލިޔުން:
މާ ޖަހާފައި ހުރި ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކަށް ދައުވާކުރަން ޕްރޮސިކުއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ސ.ހިތަދޫ، ވެހެތާނުގެ، އަބްދު ﷲ ސޯދިގު (65އ) އެވެ. އޭނާގެ ބަންދު 4 ވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފައިވާއިރު މި ފަހަރު އޭނާގެ ބަންދަށް ޖަހާފައިވަނީ 20 ދުވަހެވެ.
އަމުރުގައި ދައުލަތުގެ ވަކީލުންނާ ހަވާލާދީ ބުނެފައިވަނީ ތަހުގީގު ނިންމުމަށްފަހު މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާއިރު މައްސަލައިގެ ދައުވާ މި މަހުގެ 14 ގައި ކޯޓަށް ހުށަހެޅާނެ ކަމަށެވެ.
ކަސްޓަމްސްގެ ފޯމާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާ ރާއްޖެއައިއިރު ލަގެޖްގެ ގޮތުގައި ގެންގުޅުނު ފޮށި ބަލާ ފާސްކުރިއިރު އޭގެ ތެރޭގައި މާ ޖަހާފައި ހުރި 3 ވާސް އޮތް ކަމަށެވެ. އަދި އެ ވާސްތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
އެ ތަކެތީގެ ވަގުތީ ޓެސްޓުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާއިރު ބަރުދަނުގައި 270 ގްރާމް ހުރި ކަމަށް ބުނެފައިވެ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ ކުޑަކަމުދާ ތަކެތި އޯޕީއޭޓްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ މައްސަލާގައި މޮބައިލް ފޮރެންސިކް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
