
މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަހަދުގެ ހޮސްޕިޓަލް ތަކުގެ އޮޕަރޝަން ތިއޭޓަރުގެ އަދަދު 12 އަށް އިތުރުކުރެވޭނެ: އައިޖީއެމްއެޗް ގެ ސީއީއޯ ޙަލީމް
މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަހަދުގެ ހޮސްޕިޓަލް ތަކުގެ އޮޕަރޝަން ތިއޭޓަރުގެ އަދަދު 12 އަށް އިތުރުކުރެވޭނެ: އައިޖީއެމްއެޗް ގެ ސީއީއޯ ޙަލީމް
ލިޔުން:
މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަން ތިއޭޓަރުތަކުގެ އަދަދު 12 އަށް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ނެކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް ވިދާޅުވީ މިހާރު އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދެމުން ގެންދަނީ ހަތަރު އޮޕަރޭޝަން ތިއޭޓަރުގައިކަމަށާއި، އައިޖީއެމްއެޗްގެ ނަމަވެސް އައިޖީއެމްއެޗް ހޮސްޕިޓަލް ގައި އިތުރު 4 ތިއޭޓަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އޭގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގަވެސް ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ކަމަށާއި އެހެންކަމުން މިއަހަރު ނިމޭއިރު މާލެ ސަރަޙައްދުގައި 12 އޮޕްރޭޝަން ތިއޭޓަރު ހުންނާނެކަމަށެވެ.
އޭގެ އިތުރުން އައިޖީއެމް ހޮސްޕިޓަލުގައި ބެޑް އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރެވެމުންދާކަމަށާއި، އަދި ހުޅުމާލެ ހޮސްޕީޓަލް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި 14 އެނދުގެ އެންއައިސީޔޫއަކާއި 10 އެނދުގެ އައިސީޔޫއެއް ތަރައްޤީކުރުންވެސް ހިމެނޭ ކަމަށް ޚަލީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
