މާލެ: 31°C

ރާއްޖޭގައި ޚަރަކާތްތެރިވަމުން އަންނަ ޗައިނާގެ ޑޮކްޓަރުންގެޓީމުން ލޮލުގެ 60 އަށްވުރެ ގިނަ އޮޕަރޭޝަން ކޮށްފި

November 9, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި ޚަރަކާތްތެރިވަމުން އަންނަ ޗައިނާގެ ޑޮކްޓަރުންގެޓީމުން ލޮލުގެ 60 އަށްވުރެ ގިނަ އޮޕަރޭޝަން ކޮށްފި
ރާއްޖޭގައި ޚަރަކާތްތެރިވަމުން އަންނަ ޗައިނާގެ ޑޮކްޓަރުންގެޓީމުން ލޮލުގެ 60 އަށްވުރެ ގިނަ އޮޕަރޭޝަން ކޮށްފި
މިހާރު ރާއްޖެއަށް ޒިޔާރަތްކޮށްގެން އުޅޭ ޗައިނާގެ، ލޮލުގެ ޑޮކްޓްރުންގެ ޓީމުން 3 ދުވަހުގެ ތެރޭގައި 60 އަށްވުރެ ގިނަ ސާޖަރީ ހަދައިފިކަމަށް ޗައިނާގެ ސަފީރު ވާން ލިޖިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމާއި ޗައިނާގެ ސަފީރު ވާން ލިޖިން ވަނީ އިއްޔެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ލޮލުގެ ފަރުވާ ހޯދީ ފަރާތްތަކާ ބައްދަލުކޮށްދފައެވެ. އެއަށްފަހު ޗައިނާގެ ސަފީރު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން 60 އަށްވުރެ ގިނަ ސާޖަރީކޮށް ދިވެހިންނަށް ފަރުވާ ދީފައިވާކަމަށާއި، ރާއްޖެއާއ ޗައިނާގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާ ވާތީ ވަރަށް އުފާފުޅުވާކަމަށް ލިޔުއްވާފައިވެއެވެ..

ހެލްތޔ މިނިސްޓަރީން ބުނެފައިވަނީ ވައިނާގެ ޑޮކްޓަރުންގެ ޓީމުން ކުރިއަށް ގެންދާ އައި ކޭމްޕުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފު ވެފައިވާ މީހުންނަށް ހާއްސަ ސާޖަރީތައް ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

ޗައިނާގެ، ލޮލުގެ ޑޮކޓަރުންގެ ޓީމުތައް ރާއްޖެއަށް އައިސް ފަރުވާދިނުމުގެ ކޭމްޕްތަކަކީ 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮސް ބާއްވަމުން އަންނަ ކޭމްޕް ތަކެކެވެ. އެގޮތުން މިހާތަނަށް އެ ކޭމްޕަތަކުގައި 5000 އަށް ވުރެ ގިނަ މީހުންނަށް ލޮލުގެ ފަރުވާދީ 600 އަށްވުރެ ގިނަ، ލޮލިގެ އޮޕަރޭޝަންތައް ހަދާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ