މާލެ: 31°C

އދ.ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ސްިގަޕޯރ ކުއްޖަކު މަރުވެއްޖެ

November 8, 2024
2 ފަހަރު ބަލާފައި
އދ.ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ސްިގަޕޯރ ކުއްޖަކު މަރުވެއްޖެ
އދ.ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ސްިގަޕޯރ ކުއްޖަކު މަރުވެއްޖެ
އދ. ދިގުރަށް ކައިރީގައި މިއަދު ހެނދުނު އެކްސްކާޝަން އަށް ގޮސްއުޅުނު ސިންގަޕޯރ ކުއްކަޖު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ. އެ ހާދިސާގައި މަރުވެފައިވަނީ ސިންގަޕޯރގެ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެކުއްޖާ މަރުވީ ދޯނިން ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މަރުވި ކުއްޖާއަކީ ވޭލް ޝާކް ރިސަރޗް ދަތުރެއްގައި ރާއްޖެ އައި ކުއްޖެއް ކަމަށާއި، އެކުއްޖާ މަރުވީ ރިސަރޗްގެ މަސައްކަތުގެ ތެރެއިން ދޯނިން ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށް ދިގުރަށު ހެލްތު ސެންޓަރުން ބުނެފައިވާ ކަމަށެވެ. އެގޮތުން އެކުއްުއްޖާ ހެލްތު ގެނައިރުވެސް، ފުރާނަ ނެތް ކަމަށް ހެލްތު ސެންޓަރާ ޚަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:55 ކަމަށެވެ. އަދި އެހާދިސާ އާއި ގުޅިގެން އިތުެރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންގެންދާކަމަށްވެސް ބުނެފައިވެެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ