ގާނޫނަށް ބަދަލުގެނެސްގެން ޑްރަގާއި ގޭންގު އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނަން: މިނިސްޓަރ އިހްސާން

ގާނޫނަށް ބަދަލުގެނެސްގެން ޑްރަގާއި ގޭންގު އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނަން: މިނިސްޓަރ އިހްސާން
ލިޔުން:
ގާނޫނަށް ބަދަލުގެނެސްގެން ޑްރަގާއި ގޭންގު އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނެގުމުގެ މަސައްކަތް ކުރައްވާނެކަމަށް ހޯީމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ހިޔާ ޓަވަރެއްގައި މީހަކު ރަހީނު ކުރި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮފަރޭޝަނާ ގުޅޭ މައުލޫމާތު ނ ޫސްވެރިންނާ ހިއްސާކުރަމުން މިނިސްޓަރ އިހްސާން ވިދާޅުވީ ގޭންގު ތައް އޮޕަރޭޓް ކުރާ އެފަދަ ތަންތަނުގެ ވެރިންނާ ވާހަކަ ދައްކައިގެން އެ ތަންތަނުން އެމީހުން ބޭރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަންކަން ހައްލުނުވާނަމަ ދގާނޫނުތަކަށް ބަދަލުގެނައިސްގެންވެސް އެފަދަ ތަންތަން ދައުލަތައް ނަގެމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރު 9 ގައި ރޭ ހިނގި ރަހީނު ކުރުމުގެ ހާދިސާގައި ރަހީނުކުރި މީހުން ވަނީ އެމީހާގެ ބޯބާލާފައެވެ. އަދި ފުލުހުން ބުނެފައިވަނީ ފުލުހުންނަށް އެ އެޕާޓްމަންޓަށް ދެވުނު އިރު އެމީހާގެ އިނގިލި ބުރިކޮށްލަން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެ އޮޕަރޭޝަނު ގައި ފުލުހުން ވަނީ ގޭންގު ތަކަށް ނިސްބަތްވާ 12 މީހުން ހައްޔަރުކޮސްފައެވެ.
ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިހްސާން އިތުރަށް ވިދާޅުވީ ހިޔާ ފުލެޓް ތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މުޢާމަލާތްތައް ކުރާ އައްޑާތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެއްވިފައި ވާކަމަށާއި މިއަދުން ފެށިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ފްލެޓުތަކުގެ ވެރިންނާ ވާހަކަދެއްކުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި އަދި ހިޔާ ފްލެޓް ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް މިނިސްޓަރު އިހުސާން ހާމަކުރެއްވި އެވެ. މިގޮތުން، އެ ސަރަހައްދުގައި ކެމެރާ ސިސްޓަމްތައް ހަރުކޮށް، އެ ތަން މޮނިޓަރ ކުރުން ހަރުދަނާ ކުރައްވާނެ ކަމަށާއި، ފުލުހުން 24 ގަޑިއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް މިނިސްޓަރ އިހްސާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
