މާލެ: 31°C

ހިޔާވަހި ފައިނޭންސިން ސްކީމުތަކުގެ ދަށުން ލޯނަށް އެދުމުގެ އެދުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި

November 8, 2024
2 ފަހަރު ބަލާފައި
ހިޔާވަހި ފައިނޭންސިން ސްކީމުތަކުގެ ދަށުން ލޯނަށް އެދުމުގެ އެދުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި
ހިޔާވަހި ފައިނޭންސިން ސްކީމުތަކުގެ ދަށުން ލޯނަށް އެދުމުގެ އެދުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި
ގެދޮރު އިމާރާތްކުރުމަށަށާއި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ 5 ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ހުޅުވާލާފިއެވެ. އެމިނިސްޓަރީން ހުޅުވާލާފައިވާ ހިޔާވަހި ފައިނޭންސިންގ ސްކީމު ތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފއިވަނީ 8 ނޮވެމްބަރ 2024 އިން ފެށިގެން 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އަށެވެ. އެގޮތުން ހައުސިންގ މިނިސްޓަރީން ހުޅުވާލާފާއިވާ ހިޔާވަހި ފައިނޭންސިންގ ސްކީމު ތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެ މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" https://hiyaavehi.housing.gov.mv މެދުވެރިކޮށް މެދުވެރިކޮށެވެ. ހިޔާވަހި ފައިނޭންސިންގ ސްކީމު ތަކުގައި ހިމެނެނީ 3 ކެޓަގަރީ އެކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ލޯނު ސްކީމް ބަހާލާފައިވާ 3 ބަޔަކީ: މި ކެޓަގަރީގައި އަށް ފޯމު ހުށަހެޅޭނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެ މިނިސްޓްރީން އާބަން ސެންޓަރ ތަކުގެ ގޮތުގައި ކަނޑައަޅާފައިނުވާ ރަށްރަށުގެ ފަރާތްތަކުން އެ ފަރާތުގެ ނަމުގައި ރަށުގައި އޮންނަ ގޯތި އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށެވެ. މި ކެޓަގަރީން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާ އާއި ހަމައަށެވެ. އަދި މިކެޓަގަރީން ދޫކުރާ ލޯނުތަކަށް ޕްރޮފިޓްގެ ގޮތުގައި ލޯން އެމައުންޓްގެ 5 އިންސައްތަ ލޯނު ދައްކާއިރު އިންކުލޫޑް ކުރާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މި ކެޓަގަރީން ލޯންނަށް އެދޭ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް ފައިސާއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ. މި ކެޓަރީން ލޯނު ދޫކުރުމަށް ހަމަޖެހިފައިނީ މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމެޕެނީ އިންނެވެ. މި ކެޓަގަރީގައި އަށް ފޯމު ހުށަހެޅޭނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެ މިނިސްޓްރީން އާބަން ސެންޓަރ ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށުގެ ފަރާތްތަކުން އެ ފަރާތުގެ ނަމުގައި ރަށުގައި އޮންނަ ގޯތި އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށެވެ. މި ކެޓަގަރީން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 3 މިލިޔަން ރުފިޔާ އާއި ހަމައަށެވެ. އަދި މިކެޓަގަރީން ދޫކުރާ ލޯނުތަކަށް ޕްރޮފިޓްގެ ގޮތުގައި ލޯން އެމައުންޓްގެ 5 އިންސައްތަ ލޯނު ދައްކާއިރު އިންކުލޫޑް ކުރާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މި ކެޓަގަރީން ލޯންނަށް އެދޭ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް ފައިސާއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ. މި ކެޓަގަރީގައި އަށް ފޯމު ހުށަހެޅޭނީ މާލެ ސަރަހައްދުގައި އެ ފަރާތުގެ ނަމުގައި ރަށުގައި އޮންނަ ގޯތި އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށެވެ. މި ކެޓަގަރީން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 މިލިޔަން ރުފިޔާ އާއި ހަމައަށެވެ. އަދި މިކެޓަގަރީން ދޫކުރާ ލޯނުތަކަށް ޕްރޮފިޓްގެ ގޮތުގައި ލޯން އެމައުންޓްގެ 5 އިންސައްތަ ލޯނު ދައްކާއިރު އިންކުލޫޑް ކުރާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މި ކެޓަގަރީން ލޯންނަށް އެދޭ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި 5 އިންސައްތަ އާއި 10 އިންސައްތަ އާއި ދެމެދުގެ އަދަދެއް ފބަހައްޓަން ޖެހޭނެއެވެ. މި ކެޓަރީން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވެސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އިންނެވެ. މާލެއަށް ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ. މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސަރުކާރުން ވަނީ  1 ބިލިއަން ރުފިޔާ ހިމަނާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ