ޗައިނާ ސަރުކާރުން ރާއްޖެއަށް އިލެކްޓްރޯނިކް ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.
އެގޮތުން ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 80 ކޮމްޕިއުޓަރާއި 20 ލެޕްޓޮޕް އާއި ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެތަކެތި ރާއްޖެއާއި ޚަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އެވެ.
ޗައިނާ އަކީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން ރާއްޖޭގެ އިންފްރާސްޓްރަކްޗަ ބިނާކުރުމަށާއި އެކި ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމުގައި ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.







