ކައިވެނީގެ ރަން ދިނުމަށް ހުކުމްކޮށްފި

ކައިވެނީގެ ރަން ދިނުމަށް ހުކުމްކޮށްފި
ލިޔުން:
2021 ވަނަ އަހަރު ކޮށްފައިވާ ކައިވެންޏެއްގެ ރަން ނުދީގެން ކޯޓަށް ހުށހެޅި މައްސަލައެއްގައި ކައިވެނީގެ ރަން ދިނުމަށް ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފިއެވެ.
މި ދިޔަ އޮކްޓޯބަރ މަހު 17 ވަނަ ދުވަހު ފެމިލީކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅިފަރާތާ މައްސަލަ ރައްދުވާ ފަރާތާ ދެމެދު 21 ޖޫން 2021 ގައި ކޮށްފައިވާ ކަމާއި އެކައިވެނީގެ ރަނަކީ 85000 (އަށްޑިހަ ފަސް ހާސް) ދިވެހި ރުފިޔާ ކަން އިނގޭ ކަމަށާއި އަދި 19 ފެބުރުއަރީ 2024 ގައި އެ ދެމީހުން ވަރިވުމަށްފަހު ވަރި ސާބިތުކޮށްފައިވާކަން ވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އިނގޭ ކަމަށެވެ.
އެ ދެމީހުންގެ ކައިވެނީގެ ރަނުގެ މައްސަލާގައި އަންހެން މީހާގެ ފަރާތުން ހުސަހަޅާފައިވާ ދައުވާ އާއިގުޅިގެން ބޭއްވުނު ޝަރީއަތުގެ މަޖިލިސްތަކާއި ހުށަހަޅާފައިހުރި ލިޔެކިޔުންތަކުން ފިރިހެންމީހާ އަންހެން މީހާ އަށް އެދެމީހުން 2021 ވަނަ އަހަރު ކޮށްފައިވާ ކައިވެނީގެ ރަން ދީފައިނުވާކަން ސާބިތުވެފައިވާކަން ބަޔާންކޮށް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެދެމީހުންގެ ކައިވެނީގެ ރަން ކަމުގައިވާ 85000 (އަށްޑިހަ ފަސް ހާސް) ދިވެހި ރުފިޔާ 1 ނޮވެމްބަރ 2024 އިން ފެށިގެން ކޮންމެ މަހަކު 8500 (އަށް ހާސް ފަސްސަތޭކަ ރުފިޔާ) މަގުން ކުރިއަށް އޮތް 10 މަސްދުވަހުގެ ތެރޭގައި ފެމެލީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ފެމެލީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
